ޖޭއެސްސީގެ މެމްބަރު ކަމަށް ޑރ. ޝަމީމް އައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑރ. އަލީ ޝަމީމް ވަނީ ރައީސް ޔާމީންގެ ކުރިފުޅުމަތީގައި ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފައެވެ. އޭނާއަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. ހުވާ ކުރެއްވުމާ އެކު ރައީސް ޔާމީން ވަނީ ޖޭއެސްސީގެ މެމްބަރު ކަމުގެ ފަތްކޮޅު ޑރ. އަލީ ޝަމީމާ ހަވާލު ކުރައްވާފަ އެވެ. ޑރ. އަލީ ޝަމީމް ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް ޑރ. އަލީ ޝަމީމް ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަން ކުރާ މެމްބަރެއްގެ ގޮތުގައެވެ. އޭނާ އަކީ ނިމިދިޔަ ދައުރުގައި އެޗްއާރްސީއެމްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ