އަބްދުﷲ ހަމީދުގެ ޖަނާޒާ މާދަމާ މެންދުރު ފަހު އިސްލާމީ މަރުކަޒުގައި
        އިންޑިއާގެ ބެންގަލޫރުގައި އިއްޔެ އަވަހާރަވި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ޖަނާޒާގެ ކަންތައް މާދަމާ ބާއްވަން ނިންމައިފި އެވެ.  އިސްލާމިކް މިނިސްޓްރީން ބުނީ، "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަގަބު އަރުވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމާއި ވަޒީރުކަމުގެ މަގާމު ދިގު މުއްދަތަކަށް ފުރުއްވާފައިވާ، ހ. މީނާޒް އަލްއުސްތާޛު އަލްމަރަހޫމް އަބްދުﷲ ޙަމީދުގެ މޫނުފުޅު ދެއްކުމާއި، ކަށުނަމާދުކުރުން އޮންނާނީ، އިސްލާމީ މަރުކަޒުގައި،" ކަމަށެވެ.  އަދި އެ މަރްޙޫމްގެ މޫނުފުޅު ދެއްކުން އޮންނާނީ، 20 އޯގަސްޓް 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އިން ރޭގަނޑު 7:00 އަށް ކަމަށާއި ކަށުނަމާދު އޮންނާނީ، އެ ރޭ ޢިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒިގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.  މަރްޙޫމް އަބްދުﷲ ޙަމީދުގެ މައްޗަށް ކުރެވޭ ކަށުނަމާދުގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް ސަރުކާރުން އެދޭ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.  ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ދެމުން އަންނަނިކޮށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި އިއްޔެ އަވަހާރަވި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ މިނިސްޓަރު އަބްދުﷲ ޙަމީދުގެ ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ނިންމަވާފަ އެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ