ކުޅުދުއްފުށި ޕްރީ ސްކޫލް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ހދ.ކުޅުދުއްފުށީ އިރުމަތީ އަވަށު ޕްރީ ސުކޫލުގެ އޮފީސް ފަޅާލާއި އެތަނުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު އެތަނުން ވައްކަން ކޮށްފައިވަނީ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާ ސޭފްޓީ ނެޓު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ ކަމަށާއި އެމައްސަލަ މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
ޕްރީ ސުކޫލުގައި ހުރި 8000 ރުފިޔާގެ އިތުރުން އިތުރު އެއްޗެއް ވަގަށް ނަގާފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިމައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ