ކަމަދޫން ކަރަންޓް ކެނޑޭތީ 250 ކިލޯވޮލްޓުގެ ޖަނެރޭޓަރެއް ފޮނުވަނީ

ބ. ކަމަދޫން ކަރަންޓް ކެނޑޭތީ އެރަށަށް 250 ކިލޯވޮލްޓުގެ ގެ ޖަނެރޭޓަރެއް ފޮނުވަން ފެނަކައިން ނިންމައިފިއެވެ. ފެނަކައިން ބުނީ އިއްޔެ އެރަށުގެ އިންޖީނުގޭގައި ހުރި 250 ކިލޯވޮލްޓުގެ އިންޖީނުގެ ބެޓެރި ނިވުނު ކަމަށެވެ. އެކަމާ ގުޅިގެން އެރަށަށް ކަރަންޓް ދިޔައީ ފީޑުތަަކަށް ބަހާލައިގެން ކަމަށާއި އަދި އޭގެ ފަހުން އެރަށަށް އިންޖިނިއަރެއް ފޮނުވައިގެން ކަރަންޓް ދެމުން ދަނިކޮށް މިއަދު ހެނދުނު ބެޓެރި ގޮވި ކަމަށް ފެނަކައިން ބުންޏެވެ. އޭގެ ފަހުން 12:50 ވަންދެން ކަރަންޓު ދެމުން ގެންދިޔައީ ސްކޫލަށާއި ބައެއް ފީޑުތަކަށް ބަހާލައިގެންނެވެ. އަދި 180 ކިލޯވޮލްޓުގެ ދެ ޖަނެރޭޓަރުން ކަރަންޓު ދީ ޕެނަލް ބްރޭކާ ބަދަލުކުުމަށް 12:50 އިން 13:30 ވަންދެން އޮތީީ ކަރަންޓު ކަނޑާލައިފައެވެ. އޭގެ ފަހުން ވަނީ ކުރިއެކޭ އެއްގޮތަށް ކަރަންޓު ދޭން އަލުން ފަށައިފައެވެ. ފެނަކައިން ބުނީ 250 ކިލޯވޮލްޓުގެ އިންޖީނަށް ވީގޮތް ބަލަމުންދާ ކަމަށާއި ދެމެހެއްޓެނިވި ގޮތަށް ކަމަދޫގައި ކަަރަންޓް ދިނުމަށް 250 ކިލޯވޮލްޓުގެ އެހެން ޖެނެރޭޓަރެއް ފޮނުވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ