ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުން ހޯމަދުވަހު

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ޢަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމުގެ ވޯޓު އަންނަ ހޯމަ ދުވަހު ނެގުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ތާވަލުކޮށްފިއެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މި މައްސަލައިގައި ޖުޑިޝަރީ ކޮމިޓީން ބަލަން ޖެހެނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވޭތޯ އެވެ. އެއަށްފަހު ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ފޮނުވަންޖެހޭނީ މަޖިލީހުގެ ތަޅުމަށެވެ.
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.
ޖުޑީޝަލް ސަރވިސްކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ސްޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲއަރީފް އިއްޔެގެ އިސްތިއުފާ ދެއްވުމުން އެކޮމިޝަންގެ ރައީސްކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަލްސްތާޛާ ހިސާން ޙުސައިން ވަނީ އައްޔަން ކުރައްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ