އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ބާތިލްކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު މިމައްސަލަ ބޭރުކޮށްލީ އަދަލާތު ޕާޓީގެ ފަރާތުން އެއްވެސް ބޭފުޅަކު ކޯޓަށް ހާޒިރުނުވުމުންނެވެ.
އަދާލަތު ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ ކުރި މުޒާހަރާގައި ގާނޫނާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ނިންމާ އިލެކްޝަންސް ކޮމިޝަނުން އެޕާޓީ 69،000 ރުފިޔާ އިން ޖޫރިމަނާކުރި މައްސަލަ އެވެ.
ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ދައުވާ ކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ މައްސަލަ ބާތިލްކުރުމަކީ ސިވިލް ކޯޓަށް ލިބިގެންވާ ބާރެކެވެ. އަދި އެގޮތަށް މީގެ ކުރިންވެސް އަމަލުކޮށްފައިވެ އެވެ. އެކަމަކު މިގޮތަށް ބޭރުކޮށްލާ މައްސަަލަތައް އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދީފައިވެ އެވެ.
އިދިކޮޅު ފަރާތްތަކުން އިންތިޒާމު ކުރި މެއި ޑޭގެ މުޒާހަރާއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ބޭއްވި މުޒާހަރާ އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ވެސް އެ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކުމާއި ގުޅިގެން ކަމަށް ބުނެ އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވުމުންނެވެ.
އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ