އެލާގެ މައްސަލަ ވިލާއިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ތ. އެލާ ދައުލަތަށް ނެގީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރުމުން އެ ހުކުމް އިސްތިއުނާފު ކުރުމަށް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ނިންމި ގޮތެއް އަދި ނޭނގެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާ އެއްކޮށް ދަށު ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި ބުނެފައި ވަނީ ވިލާ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ހަދާފައިވާ "އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް ލީޒް އެގްރިމެންޓް" ބާތިލުކޮށްފައި ވަނީ ޑިސެމްބަރު 12، 2013 ގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރީމެންޓް އުވާލުން އަސްލަކަށް ބަލައިގެން ކަމަށެވެ. ސެޓްލްމަންޓް އެގްރީމަންޓާ އެއް ހަމަޔަކުން އަނެއް އެއްބަސްވުމާ މެދު އަމަލު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ނަމަވެސް މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ވަނީ މި ހުކުމް ބާތިލްކޮށްފަ އެވެ. މި ހުކުމާ އެކު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އެލާގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދެއްކުމަށް އަންގައި، ވިލާ ޝިޕިންގެ އެކައުންޓްތައް އިއްޔެ ފްރީޒްކޮށްފަ އެވެ.
ވިލާ ޝިޕިން އަށް އަންގާފައި ވަނީ އެލާގެ ކުއްޔާއި ޖޫރިމަނާ އާއި އިންޓަރެސްޓްގެ ގޮތުގައި 18 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށާއި އެއީ ލޭންޑް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ 3.7 މިލިއަން ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރު އަދި އިންޓަރެސްޓަށް އަރާ 226،351 ޑޮލަރު ކަމަށެވެ. އަދި އެކައުންޓްތައް ދޫކޮށްލާނީ މި ފައިސާ ދެއްކުމުން ވަނީ ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ