ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ރިއާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވެވުމުގެ ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖައްސަވައިފި އެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ އަހަރެއްގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރާންޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ބަޔާނެއް ހުށަހަޅުއްވަންޖެހެ އެވެ.
މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން މެހްމާނުންގެ ގޮތުގައި ދައުލަތުގެ ވެރިންނާއި ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވޭތުވެދިޔަ ދެ އަހަރު ފިޔަވައި ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސް އަޅުއްވާފައެއް ނެތެވެ. އޭރުގެ ރައީސް މުހައްމަދު ވަހީދަށް ރިޔާސީ ބަޔާން ހުށަހެޅުއްވުމަށް ހުރަސް އެޅުއްވީ އެމްޑީޕީގެ މެމްބަރުންނެވެ. އެމްޑީޕީގެ މެމްބަރުން އެކަމަށް ހުރަސް އެޅުއްވީ ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވީ ބަޣާވާތަކުން ކަމަށް ތުހުމަތުކޮށްފަ އެވެ.
ރައީސް ޔާމީންގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުން އަންނަ ހޯމަ ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ