ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓް ހޯދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ދާއިރާ އަށް ކުރިމަތިލުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް މި ހުޅުވާލީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވި އެ ދާއިރާ މިހާރު ވެސް ތަމްސީލްކުރައްވާ މެމްބަރު އަބްދުﷲ ޖާބިރާ މެދު ފިޔަވަޅު އަޅައި އޭނާގެ ޓިކެޓް ބާތިލްކުރުމުންނެވެ. އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ޖާބިރާ މެދު ފިޔަވަޅު އަޅާފައި ވަނީ ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދިން މައްސަލައިގަ އެވެ.
އެމްޑީޕީން ބުނީ އެ ދާއިރާގެ ޕްރައިމަރީ އަށް ކުރިމަތިލާން ބޭނުންވާ މީހުން އަންނަ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ.
ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ފުރަތަމަ ހުޅުވާލުމުން އެ ދާއިރާ އަށް ކުރިމަތިލެއްވީ ޖާބިރު އެކަންޏެވެ. އެ ދާއިރާ އަލުން ހުޅުވާލުމާއެކު ކުރިމަތިލައްވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީން ނެރުނު ވިޕްލައިނާ ހިލާފަށް ވޯޓު ދިން މައްސަލާގައި ޖާބިރުގެ ޓިކެޓް ބާތިލްކުރީ އަލުން ހުޅުވާލުމުން އޭނާ އަށް ކުރިމަތިލެއްވޭ ގޮތަށެވެ.
ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ