ރައްޔިތުން ނިކުމެ ގައުމު ހަމަމަގަށް އަޅުވަންވީ ވަގުތު އަތުވެއްޖެކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ މިއަދު ކުރައްވާފައިވާ ދެ ޓްވީޓެއްގައެވެ.
އަމީންގެ ޓްވީޓްގައި ވިދާޅުވީ ދުސްތޫރު ނަގަހައްޓާ ދެމެހެއްޓުމަށް، ރައްޔިތުން މަތިކުރި ޖުޑިޝަރީއާއި ރައްޔިތުންގެ މަޖިލީހާއި، ސަރުކާރާއި މުއައްސަސާތަކަށް އެކަމެއް ނުވިކަމަށެވެ. އަދި އެ މުއައްސަސާތައް ބޮޑު ތަނުން ފެއިލްވެފައިވާކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރައްޔިތުން ނިކުމެ ފެއިލްވި ފަރާތްތައް އެކަހެރިކޮށް، ގާނޫނު އަސާސީ ކޮޅަށްޖަހާ، ގައުމު ހަމަޔަކަށް އެޅުވުމަށް ފިސާރި ކެރިގެން ނިކުންނަންވީ ވަގުތު އަތުވެއްޖެކަމަށެވެ.
ދުސްތޫރު ނަގަހައްޓާ ދެމެހެއްޓުމަށް ރައްޔިތުން ހަވާލުކުރި ފަރާތްތައް ބޮޑުތަނުން ފެއިލްވެފައިވާކަމަށާ ރައްޔިތުން ނިކުމެ ގައުމު ހަމަމަގަށް އަޅުވަންވީ ވަގުތު އަތުވެއްޖެކަމަށް އަމީން ވިދާޅުވިއިރު، މަޖިލީހުގެ މެންބަރުންގެ ގޮޑި ގެއްލޭނެ އުސޫލެއް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ގިނަ ބަޔަކު ދަނީ އެކަަމަށް ފާޑުކިޔަމުންނެވެ.
އަދި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއިއެކު ހުށައެޅުމާއި ގުޅިގެން، ވަކި އެއްޗެއް ނާންގާ މަސީހު ވަނީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައެވެ.
ރައްޔިތުން ނިކުމެ ގައުމު ހަމަމަގަށް އަޅުވަންވީ ވަގުތު އަތުވެއްޖެ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ