ސޮއި އުނިވާނެ ކަމަށް ބެލެވޭނެ ހަމައެއް ނޯންނާނެ: މައުމޫނު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރި ލިޔުމުން ސޮއި އުނިވެފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތާއި، ދިއްދޫ ދައިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި، ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
އީސީން ބުނި ގޮތުގައި އެ މެންބަރުން ޕީޕީއެމުން ވަކި ކުރުމަށް އެޕާޓީން އަންގާފައިވާތީ އެ މެންބަރުން ޕީޕީއެމުން ވަކިކޮށް އެކަން މަޖިލީހަށް ވަނީ އަންގާފައެވެ.
ކުރީގެ ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ހަތަރު މެންބަރުން ސޮއިކުރެއްވީ މެންބަރު ކަމުގައި ތިއްބަވައިގެން ކަމަށާއި އެހެންކަމުން އެ ލިޔުމުން އެ ހަތަރު ސޮއި އުނިވެފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.E 4 menbarun soi kurevvee menbarukamugai thibbavaigen. Veemaa e liyumun e 4 soi univefaivaa kamah beleyne evves hamaeh noannaane.— Maumoon Abdul Gayoom (@maumoonagayoom) July 20, 2017
މަސީހާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ވަނީ ބަތިލުކޮށްފައެވެ.
މަސީހާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވި މެންބަރަށް މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު މިއަދު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މައްސަލަ ބާތިލު ކުރީ މައްސަލާގައި ސޮއި ކުރައްވާފައިވާ މެންބަރުންގެ ތެރެއިން އިސްދޫ މެންބަރު އަހުމަދު ރަޝީދު ސޮއި އަނބުރާ ގެންދަވާފައިވާތީއާއި މައްސަލާގައި ސޮއި ކުރެއްވި ހަތަރު މެންބަރެއްގެ ގޮނޑި ގެއްލި މައްސަލާގައި ސޮއި ކުރި މެންބަރުންގެ އަދަދު 42 އަށް ވުރެ މަދު ވެފައިވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ