އެއުޅެނީ 14 މެމްބަރެއްގެ ގޮނޑި ގެއްލުވާލަން: މެމްބަރު ވަހީދު

ސްޕްރީމް ކޯޓުން ހުކުމެއް ނެރެގެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރަށް ތާއީދު ނުކުރާ 14 މެމްބަރެއްގެ ގޮނޑި ގެއްލުވާލަން ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ކުނޫޒުގައި ބޭއްވި ބޭއްވި ޖަލްސާގައި ވަހީދު ވިދާޅުވީ ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިގެއްލޭނެކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން އަމުރެއް ނެރެގެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރާއި ހިޔާލު ރަފާތު މަޖިލީހުގެ 14 މެމްބަރެއްގެ މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލުވާލުމަށް ކަމުގައެވެ.
މީގެ އިތުރުން މިގޮތައް ނިންމާފައިވާ މިހާރު ސަރުކާރު ހިންގަންތިބި މީހުންގެ އަތްމައްޗަށް ދޫކޮށްލުމަކީ އެކަމުގެ ނުރައްކާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް ފޯރާނެ ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ. އެހެން ކަމުން މިމައްސަލަ މިރެއިން މިރެއަށްވެސް މި ހުކުމް އަލުން ރިވިއު ކޮށްދިނުމަށް ސްޕްރީމް ކޯޓްގައި އެދިލައްވާކަމަށް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ މައްސަލަ ސްޕްރީމް ކޯޓުން އިސްނަގައިގެން މި ހުކުމް ރިވިއު ނުކުރި ނަމަވެސް މިމައްސަލަ ރިވިއު ކުރުމަށް އަލުން ހުށައަޅުއްވާނެކަމަށް މެމްބަރު ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ފަރާތަކުން ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން ސްޕްރީމް ކޯޓްގެ ބެންޗަށް ވަޑައިގެން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވާ ކަމަށާއި 14 މެމްބަރުން ވަކިކުރެވިއްޖެ ނަމަ ސަރުކާރުން ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށް އެފަރާތުން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ވަޑައިގެންނެވުމުގެ ފުރުސަތު އޮތް ކަމަށްވެސް މެމްބަރު ވަހީދު ވިދާޅުވިއެވެ.
މިރޭގެ ނިއުސް ކޮންފަރެންސްގައި ވަހީދު ވިދާޅުވީ ކޯޓްގެ ހުކުމް އެގޮތައް އޮތް ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި މެމްބަރުން ކޯޓްގެ ހުކުމް ނެރުމުގެ ކުރިން ޕީޕީއެމްއިން ވަކިވެއްޖެ ކަމުގައެވެ. އަދި ޕީޕީއެމްއިން ވަކިވާން ހުށައަޅާ ހިސާބުން ފެށިގެން ޕާޓީން ވަކިވީކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.
އެހެން ކަމުން ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވުމަށް ހުށައެޅުއްވި މެމްބަރުން ނާއި ކުރިން ޕީޕީއެމްއިން ވަކިކޮށްފައި ނުވަތަ ވަކިވެފައިވާ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް އަދި އެހެން ތަނަކަށްވެސް ކަނޑަނޭޅޭނެ ކަމަށް ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ