އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމުން އެއީ އެ މީހުންގެ ތަކެތި ކަމަށް އެއްބަސްވެއްޖެ
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ދެ ދިވެއްސަކު ހައްޔަރުކުރުމުން، އެ މަސްތުވާތަކެއްޗަކީ އެ މީހުންގެ އެއްޗެހި ކަމަށާއި، މަސްތުވާތަކެތިން ވިޔަފާރިކޮށްގެން ލިބިފައިވާ ފައިސާ ގެންގުޅުނު ކަމަށް އިއުތިރާފުވެއްޖެއެވެ. ފުލުހުން މިއަދު ބުނީ، އެ ދެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ގުލްއަލާގެ / ލ. ދަނބިދޫ، މާޝާ އިބްރާހީމް, 38, އާއި ގ. މޫންލައިޓްވިޔު، މުޙައްމަދު ޢުމައިރު, 58, އެވެ. ދެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ކޯޓު އަމުރުގައިވާ ގޮތުން، ޢުމައިރުގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރުމުން ވަނީ، މަސްތުވާތަކެއްޗަށް ފައްސިވެފައެވެ. ވަކިވަކިން ނެރުނު އަމުރުތަކުގައިވާ ގޮތުން، ދެ މީހުންވެސް ވަނީ އެ މަސްތުވާތަކެއްޗަކީ އެ މީހުންގެ ތަކެތި ކަމަށާއި މަސްތުވާތަކެތިން ވިޔަފާރިކޮށްގެން ލިބިފައިވާ ފައިސާ ގެންގުޅުނު ކަމަށް އިއުތިރާފުވެފައެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ