ގަތަރުގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ ގެނައުމުގެ މަސައްކަތް ފަށައިފި
ގަތަރުގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އެގައުމަށް އަނބުރާ ގެނައުމަށްޓަކައި އިންޑިއާގެ ދެ އެއާލައިނެއް ކަމުގައިވާ ޖެޓްއެއާވޭސް އާއި އިންޑިއަން އެއާލައިންސުން ގަތަރުގެ ދޯހާއަށް ފްލައިޓުތަކެއް ބާއްވަން ހަމަޖައްސައިފިއެވެ. މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދާކަމަށް ބުނެ ވަރަށް ގިނަ ގައުމުތަކުން ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފައެވެ. ގަތަރުގައި މަސައްކަތްކުރާ ބިދޭސިންގެ ތެރޭގައި އިންޑިއާގެ ވަރަށް ގިނަ ރައްޔިތުން ހިމެނެއެވެ. މިފްލައިޓްތައް ހަމަޖެހިފައި މިވަނީ އިންޑިއާގެ އޭވިއޭޝަންގެ މިނިސްޓަރު އަޝޯކް ގަޖަޕަތީއާ އިންޑިއާގެ ޙާރިޖީ މިނިސްޓަރު ސުޝްމާ ސުވަރާޖް ބައްދަލުކުރައްވައި ގަތަރުގައި ތާށިވެފައިވާ ރައްޔިތުންނަށް ފްލައިޓުތައް ބާއްވާނެކަމުގެ ޔަގީންކަން ދެއްވުމުންނެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން އެއާ އިންޑިއާއިން 25 ޖޫންއިން ޖުލައި އަށަކަށް ޓްރިވެންޑްރަމް އަދި ދޯހާއާ ދެމެދު ފްލައިޓުތައް ބާއްވާނެއެވެ. އަދި ޖެޓްއެއާވޭސް އިން 22 ޖޫންއިން 23 ޖޫންއަށް ދޯހާއާއި އަދި މުމްބާއީއަށް ފްލައިޓުތައް ބާއްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ