ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު ސީދާ ހަރަކާތަށް ނުކުމެވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނު ގައުމަށްޓަކައި ސީދާ ހަރަކާތަށް ނުކުމެވަޑައިގެންފި ކަމަށާއި އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
"އިރާދަފުޅުން އެމްޕީ ފާރިސް މައުމޫނެއް ނުހިފެހެއްޓޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.Raees @maumoonagayoom qaumahtakai seedhaa harakaathah nukumevadaigenfi. Marhaba! Iraadhafulhun MP @afarismaumoon eh nuhifeheteyne. pic.twitter.com/kurpTyzLcf— Mohamed Nasheed (@MohamedNasheed) July 23, 2017
ރައީސް ނަޝީދު އެހެން ވިދާޅުވިއިރު، ރައީސް މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުމަށް ކުރީގެ ރައީސް މައުމޫން ވަނީ ކްރިމިނަލް ކޯޓަށް ވަޑައިގެންފައެވެ.
މިއީ ރައީސް މައުމޫން މައްސަލައެއް އަޑު އެއްސެވުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ދައުލަތުން ފާރިސްގެ މައްޗަށް ދައުވާ ކުރަނީ އިދިކޮޅު ފަރާތްތަކުން މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ހުއްދަ ނެތި ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކޮށްފައިވާ ކަމަށް ބުނެއެވެ.
ރައީސް މައުމޫނު ސީދާ ހަަރަކާތަށް ނުކުމެވަޑައިގެންފި: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ