އަޅުގަނޑަކީ އަދިވެސް ޕީޕީއެމްގެ ރައީސް – މައުމޫން

އަދިވެސް ޕީޕީއެމްގެ ރައީސް އަކީ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިހާރު ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ކުރިއަށްދާ ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި އެމަނިކުފާނަކީ ޕީޕީއެމްގެ ކޮންގްރެސްގައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ޕީޕީއެމްގެ ރައީސްކަމަށް އިންތިޚާބު ކުރައްވާފައިވާ ޕީޕީއެމްގެ ރައީސް ކަމަށާއި އަދިވެސް މިހިރީ އިންތިޚާބު ކުރި ދައުރުގެ މުއްދަތުގައި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޤާނޫނު އަސާސީ ބުނާ ގޮތުން އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.
"ސަރުކާރަށް ވެސް އޮންނާނީ ރައްޔިތުން ދެއްވި ބާރެއް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވޭ." ރައީސް މައުމޫން ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ