އިތުރު މެމްބަރުން އިދިކޮޅާއި ގުޅުމަށް މައުމޫނު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންވެސް އިދިކޮޅު ފަރާތްތަކާއި ގުޅުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިހާރު ކުނޫޒުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 45 މެމްބަރަކު ސޮއިކުރެއްވި ނަމަވެސް އެމަސައްކަތް އެހިސާބުން ނުނިމޭ ކަމުގައެވެ.
އަދި އިދިކޮޅުފަރާތްތަކާއި ގުޅޭ މެމްބަރުންގެ އަދަދު ފަންސާހުން ފަސްދޮޅަހަށްވެސް އަރައިގެން ދާނެކަމަށާއި މަޖިލިސް މެމްބަރުންނަށް ގައުމަށް ހިދުމަތް ކޮށްދިނުމަށް މިހާރު މިވަނީ ދޮރެއް ހުޅުވިފައިކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި މި ފުރުސަތުގެ ބޭނުން ހިއްޕަވާ މަޖިލިސް މެމްބަރުން އިދިކޮޅު ފަރާތްތަކާއި ގުޅުމަށް ރައީސް މައުމޫނު ގޮވައިލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ