ވަށަފަރުގައި ބަނދަރު ހުޅުވިގެން ދިއުމާއެކު ދާއިރާގެ މެންބަރަށް އުފަލުން ކީރިތި ކުރެއްވިފައި

ހއ ވަށަފަރުގައި ބަނދަރެއް ހުޅުވިގެން ދިއުމާއެކު ދާއިރާގެ މެންބަރަށް އުފަލުން ކީރިތި ކުރެވިއްޖެއެވެ.
ވަށަފަރު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ "އަޅުގަނޑުމެންނަކީ ރައްޔިތުންނާއި ވާހަކަ ދައްކާއިރު މިހާ އިމޯޝަނަލް ވާ ބައެއް ނޫން" ކަމަށެވެ. އާރިފް ވިދާޅުވީ ރައީސް ޔާމީނަކީ ނަތީޖާ ނެރެދެއްވާ ރައީސެއް ކަމަށާއި، އެކަމަށް ޓަކައި އެމަނިކުފާނަނަށް ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ އިތުރުން އާރިފް ވިދާޅުވީ ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކަކީ ހަޤީޤަތެއްކަން ފެންނަ ކަމަށެވެ. "މަނިކުފާނު ދައްކަވާ ވާހަކަ ހަޤީޤަތަށް ވާތީ އަޅުގަނޑުމެން އިމޯޝަނަލް ވަނީ. މަނިކުފާނު ކުރައްވާ މަސައްކަތް އަޅުގަނޑުމެންނަށް ފެނޭ. މަނިކުފާނަށް އެތެރެއާއި ބޭރުން ކުރިމަތިވާ ކަންތައް އަޅުގަނޑުމެންނަށް ފެނޭ"
ހއ. ވަށަފަރުގައި ބަނދަރު ހުޅުވިގެން ގޮސްފައިވާއިރު 900 އެއްހައި މީހުން ދިރިއުޅޭ އެރަށަކީ މީގެކުރިން ލަފާފުރުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ