މޫސުން ގޯސްވުމުން ސިފައިންގެ ހިނގާލުން ކެންސަލް ކޮށްފި

މިއަދު ހަވީރު ހުޅުމާލޭގައި ބާއްވަން އޮތް ސިފައިންގެ ހިނގާލުން މޫސުން ގޯސްވުމުން ކެންސަލް ކޮށްފިއެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވަން އުޅުނު ހިނގާލުން ކެންސަލް ކުރިއިރު ދެން ހިނގާލުން ބާއްވާނެ ތާރީޚެއް އިއުލާނެއް ނުކުރެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ހިނގާލުން ބާއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
އެމްއެންޑީއެފްގެ ހިނގާލުން މިއަދު ކެންސަލް ކުރިއިރު މާލެ އާއި މާލެ ކައިރި ސަރަހައްދުތަކަށް މިއަދު ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި ދޭތެރެދޭތެރެއިން ވާރޭ ވެސް ދަނީ ވެހެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ