އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތުރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފި އެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ކަމަށެވެ.
އެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ގައިގައި ހުންނަންޖެހޭ ޝަރުތުތަށް ވެސް މިއަދު ރައީސް އޮފީހުން އާއްމުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މިހާރު ތިބި 5 މެންބަރުންގެ މަޤާމުގެ މުއްދަތު އަންނަ މަހުގެ 9 ގެ ނިޔަލަށް ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ