ޕީޕީއެމްގެ ރައީސްކަމުން މައުމޫން އަބްދުލްގައްޔޫމް އެކަހެރިކޮށް، އެ ޕާޓީ ހިންގުން އެހެން ފަރާތަކާ ހަވާލުކުރަން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު މިދިޔަ ހަފުތާގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު އަނބުރާ ވަނީ ގެންގޮސްފައެވެ.
އެމައްސަލަ އަނބުރާ ގެންގޮސްފައިވަނީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް، ކޯޓުން މިއަދު ހުކުމް ކުރުމުންނެވެ.
އެ ހުކުމް އެގޮތަށް ކުރުމުން، ފަހުން ހުށަހެޅި މައްސަލަ އަނބުރާ ގެންދަން ސިޓީއެއް ފޮނުވައި، އެ މައްސަލަ އަނބުރާ ގެންގޮސްފައިއެވެ. މި މައްސަލަ އަނބުރާ ގެންގޮސްފައިވަނީ މިއަދު މެންދުރު ފަށަން ތާވަލްކޮށްފައި ވަނިކޮށެވެ.
ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށްފައިވާތީ މައްސަލަ އިސްތިއުނާފް ކުރަން މައުމޫންގެ ފަރާތުން ވަނީ ނިންމައިފަ އެވެ.
މައުމޫން ރައީސްކަމުން ދުރުކުރަން ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ