ޕީޕީއެމް ދެބައިވެ އިދިކޮޅު އެމްޑީޕީ ގެ އަޑު ފަނޑުވެފައިވާ ދަނޑިވަޅެއްގައި ޖޭޕީ އިން މިވަނީ އަދުގެ ސަރުކާރާއި ދެކޮޅަށް ރައީސް މައުމޫނާއި އެކު ބައިއަތު ހިއްޕަވާ އެކަން އިއުލާނު ކުރައްވާފައެވެ.
ސިޔާސީ ލީޑަރުން ސިފަކުރައްވާ ގޮތުގައި ގާސިމްގެ އެއްބާރުލުންލިބި ވަޑައިގެންނޫނީއެއްވެސްފަރާތްތަކަށްސިޔާސީރޭހުގައިކުރިހޯދިފައިނުވެއެވެ. އެއީ ވަރަށް ބޮޑު ހަގީގަތެކެވެ. ގާސިމް އަކީ ސިޔާސީ ކަންކަމުގައި ކުއްލިއަކަށް ގޮތް ނިންމަވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއް ވެރިކަމަށް ގެނައުމަށްޓަކައިވެސް ގާސިމް ގެ މަދަދާއި އެހީތެރިކަން އެބޭފުޅަކަށް ފުރިހަމަގޮތުގައި މިހާތަނަށް ދެއްވާފައިވާ ކަމީ ސިޔާސީ ކަންކަމަށް ފާޑު ވިދާޅުވާބޭފުޅުން ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
އެގޮތުން މީގެ ކުރިން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިަކަމަށް ގެނައުމުގައިވެސް ގާސިމްގެ ވަރަށްބޮޑު ހިއްސާ އެއްވެއެވެ. ހަމަ އެހެންމެ އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޔާމިން އަބްދުލްގައްޔޫމް ވެރިކަމަށް ގެނައުމުގައިވެސް ގާސިމް ވަނީ އިސްދައުރެއް އަދާ ކުރައްވާފައެވެ.
ރައީސް ޔާމީން ވެރި ކަމަށް ގެނައުމަށް ގާސިމް މަސައްކަތް ކުރެއްވީ މައުމޫނުގެ އާދޭހަށް ނަމަވެސް މިއަދު ގައުމުގެ ހައްގުގައި , ދިވެހި ރައްޔިތުންގެ ހައްގުގައި މައުމޫނު އެކުގައި ގާސިމް ސާބިތުވެ ހުންނެވީ , ހަމަ ޔަގީނުންވެސް ދިވެހި ރައްޔިތުންނާއި ގައުމަށް އެއްމެ މަންފާކުރާނެ ގޮތަކީ އެއީ ކަމަށް ދެކިވަޑައިގަންނަވާތީ ކަން ގައިމެވެ. ގާސިމްގެ މިނިންމެވުމަކީ ވަރަށް މުހިންމު ނިންމެވުމެއް ކަމަށް ރައީސް މައުމޫނު ވެސް ވަނީ ސިފަކުރައްވާފައެވެ.
އެހެން ކަމުން ގާސިމް އަކީ ސިޔާސީ ހުރިހާ ކުލައެއް ދެކެ އެމައިދާނުގައި ސާބިތު ބޭފުޅެއްކަން ކަށަވަރެވެ. ވެރިކަމަށް ރައީސް ޔާމީން އިންތިހާބުވުމަށް ފަހު ޖޭޕީ އާއި އެކުވީ އަހުދާ ވައުދުތަކަށް ރައީސް ޔާމީން ކޮޅުފައިން ޖެހުމުންވެސް ގާސިމް ހިމޭނުން ހުންނަވަނީ އެބޭފުޅާ މައުމޫނަށް ކުރައަްވާ އިހްތިރާމެއްގެ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ ދިވެހި ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ ހަމަޖެހުމަށްޓަކައެވެ.
މިއަދު ރައީސް ޔާމީން އަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވަންވެސް ގާސިމް އާއި މައުމޫނު އެތެދުވީ އެކުގައެވެ. އެހެންކަމުން މިފަހަރު ގާސިމްގެ އަޒުމް ގުޑާނެހެނެއް ހިޔެއްނުވެއެވެ. ގާސިމް ގެ ކޮންމެ ނިންމުމަކީ ދިވެހި ރައްޔިތުންނަށްޓަކައި ނިންމަވާ ނިންމުމެކެވެ.
މާފަންނު ކުނޫޒްގައި ބޭއްވި ބައްދަލުވުމަށްފަހު މައުމޫނުވަނީ ގާސިމް އެކުގައި ހުންނެވި ކަމަށް ވިދާޅުވެފައެވެ. ރައީސް މައުމޫނަކީ ވެރިކަމުގެ ފޮނި މީރު ރަހަދެކި ދިވެހި ގައުމަށް ތަރައްގީ ގެނައުމުގައި ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވި ބޭފުޅެކެވެ. އެއާ ޙިލާފަށް ގާސިމް އަކީ ވެރިކަމުގެ ފޮނި މީރު ރަހަ ދެކެން ބޭނުންވި އެކަން ހާސިލް ނުވެފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް އިޖްތިމާއީ ގޮތުން ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ ތަރައްގީ އަށް ގާސިމް ގެންދަވަނީ ކެނޑިނޭޅި ހިދްމަތް ކުރައްވަމުންނެވެ.
ކޮއްކޯފުޅު ވެރިކަމަށް ގެނައުމަށްވެސް , ވެރިކަމުން ބޭލުމަށްވެސް މައުމޫނު ގާސިމް އަރިހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ