24 ގަޑީރު ތެރޭ އިސްރޭލު ސަލަމާތީ ބާރުތަކުން ފަލަސްތީނުގެ 3 ރައްޔިތުން އަދި ޖޯޑަން އަށް ނިސްބަތްވާ މީހަކު ބަޑިޖަހާައި މަރާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިރުމަތީ ޖެރޫސަލެމް ގައެވެ. އިސްރޭލު ސިފައިން ބުނިގޮތުގައި ޖޯޑަން އަށް ނިސްބަތްވާ މީހާ ބަޑިޖަހާ މަރާލީ އޭނާ އިސްރޭލު ރައްޔިތަކަށް ވަޅިން ހަމަލާދޭން އުޅުމުން ކަމަށެވެ. ނަމަވެސް އޭނާ ހަމަލާދެން އުޅުނު ސަބަބު ތަފްސީލްނުކޮށްދެއެވެ.
ފަލަސްތީނުގެ ތިން ރައްޔިތުން މަރާލެވިފައިވަނީ އެމީހުން އިސްރޭލު ސިފައިންނާ ދެކޮޅަށް ވަޅިން ހަމަލާ ދިނުމުގެ ތެރޭގައެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނާ އިސްރޭލް ރައްޔިތުން ދެމެދު ކުރިމަތިލުންތައް ވަނީ އިތުރުވެފައެވެ. އަދި 225 ފަލަސްތީނުގެ ރައްޔިތުންވަނީ މި ހަމަލާތަކުގައި މަރުވެފައެވެ.
އިސްރޭލު ސިފައިން ފަލަސްތީނުގެ 3 ރައްޔިތުން އަދި ޖޯޑަން އަށް ނިސްބަތްވާ 1 މީހަކު ބަޑިޖަހާ މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ