ކިނބިދޫގެ ކޭބަލްގެ ހަރަދަކީ ރައްޔިތުން ކުރަން ޖެހޭ ހަރަދެއް ނޫންކަމަށް މެމްބަރު ރިޔާޒު ވިދާޅުވެއްޖެ

މިދިޔަ އަންގާރަ ދުވަހު ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބަޔާންކޮއްފައިވަނީ ކޭބަލްގެ ހަރަދަކީ ރައްޔިތުން ކުރަން ޖެހޭ ހަރަދެއް ނޫން ކަމަށް ކަނޑައަޅައިދެއްވުމަށް އިލްތިމާސް ކުރައްވާފައިއެވެ.
ނަމަވެސް މިއީ ކިނބިދޫ މީހުން ކުރަން ޖެހޭ ހަރަދެއްގެ ގޮތުގައި ހަމަޖެއްސިޔަސް، އެމީހުން ތިބީ އެގޮތަށް ކޭބަލަށް ފައިސާ ދައްކަން ދެކޮޅު ހަދައިގެން ކަމަށާއި މިކަމުގެ ސަބަބުން އިތުރު ހަމަނުޖެހުންތަކެއް އުފެދިފާނެ ކަމަށްވެސް ރަށު ކައުންސިލާ ހަވާލާދެއްވައި ރިޔާޒް ވިދާޅުވެފައި ވެއެވެ.
އިންޖީނުގެ އާއި އިންޖީނުގެތަކަކީ ރައްޔިތުންގެ އެއްޗަކަށް ވެފައި، މި ތަން ހަވާލު ކުރެވިފައިވަނީ ރައްޔިތުންނަށް އެއްވސް ބަދަލެއް ލިބުމަކާއި ނުލާ ކަމަށް ސިޓީގައިވެ އެވެ. އަދި ގޭގޭގެ ކޭބާލަކީ މިހާރުވެސް ބޭނުން ކުރަމުން އަންނަ ރަނގަޅު ކޭބަލަށް ވެފައި، 2004 ގެ ސުނާމީއަށްފަހު 90 ފަސަންޓު ގޭގެއިން އަމިއްލަ ހަރަދުގައި ކޭބަލް ގަނެ އާ ކޮށްފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.
އަދި ކިނބުދޫ އިންޖީނުގެތަކަކީ ރަށުގެ ހުރިހާ މީހުން ހަމަހަމައަށް ހިއްސާކުރާ އެއްޗަކަށް ވެފައި ކޭބަލްގެ ވެރިފަރާތުން ހަރަދުކޮށްގެން ގަންނަން ޖެހިއްޖެނަމަ، އެކި ފަރުދުން ހަރަދު ކުރަން ޖެހޭނީ އެކިވަރަށް ކަމަށް ފެންނާތީ މިކަމަކީ ހަމަހަމަކަން ގެއްލިގެން ކަމެއް ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ. އަދި ކިނބިދޫ މީހުން ބޭނުންވާ އަދަދަށް ކޭބަލް ފެނެކައިން މިހާރުވެސް އެ ރަށަށް ގެނެސްފައިވާ ކަމަށާއި މިކަމަށް އިތުރު ހަރަދެއްކުރަން ނުޖެހޭ ކަމަށްވެސް ރިޔާޒްގެ ސިޓީގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ