ރޫފަށް މަރުގެ އަދަބު ދިނުމަށް އެމެރިކާގެ ފެޑެރަލް ކޯޓުން ހުކުމްކޮށްފި- ރާއްޖޭގަ ދިނުން މަނާ؟

އުމުރުން 32 އަހަރުގެ ޑައިލަން ރޫފަށް މަރުގެ އަދަބު ދިނުމަށް އެމެރިކާގެ ފެޑެރަލް ކޯޓުން ހުކުމްކޮށްފިއެވެ.
އޭނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމްކޮށްފައިވަނީ ސައުތު ކެރޮލިނާގެ ފައްޅިއަކަށް ދަނިކޮށް ބަޑި ޖަހައި ކަޅު ނަސްލުގެ 9 މީހަކު މަރާފައިވާ ހާދިސާއާއި ގުޅިގެންނެވެ.
ރޫފަށް މަރުގެ އަދަބުން ސަލާމަތްވުމަށް ވުމަށް ކޯޓުން ދިން ފުރުޞަތު އޭނާ ދޫކޮށްލީއެވެ. ޜޫފް ބުނީ އަދިވެސް އޭނާއަށް ޤަބުލުކުރެވެނީ އެއީ ކުރަންޖެހިގެން ކުރި ކަމެއް ކަމަށެވެ، އެހެންކަމުން އަދަބު ލުއިކޮށްދިނުމަށް އެދުމުގެ އެއްވެސް ބޭނުމެއް އޭނާއަސް ނުވިސްނޭ ކަމަށެވެ.
ރޫފް ބަޑިން ދިން ހަމަލާއިން 3 މީހަކު ވަނީ މަރުން ސަލާމަތްވެފައެވެ.
އެފްބީއައިގެ ތަޙްޤީޤްގައި ރޫފް ބުނެފައިވަނީ ކޮންމެ މީހަކުވެސް ކަމެއް ކުރާނީ އެކަން ކުރަން ވިސްނިގެން ކަަމަށެވެ. ނަސްލުގެ ތަފާތުތައް ނައްތައިލަންޖެހޭ ކަމަށެވެ.
ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް އެނމްމެ ބޮޑަށް ދެކޮޅު ހަދަމުން އަންނަ އެއް ޤައުމަކީ އެމެރިކާއެވެ. އެމެރިކާގައި މަރުގެ އަދަބު ދިނުން ހުއްދައެވެ. ރާއްޖޭގައި މަނައެވެ. މިއީ ހޫޅަނގާއި އެމެރިކާގެ އިންސާފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ