ގާޒީ ހަސަން ސައީދުގެ ތަހުގީގުވެސް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމައިފި
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައިގެ ތަހުގީގުވެސް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ ކޮމިޝަނުން ނިންމައިފިއެވެ. ގާޒީ ހަސަން ސައީދުގެ ތަހުގީގު ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމާފައި ވަނީ އޭނާ އެގޮތަށް އެދިވަޑައިގެންފައި ވާތީ ކަމަށް ޖޭއެސްސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވަނީ ވިދާޅުވެފައެވެ. ޖޭއެސްސީއަށް ހުށަހެޅުނު ހަސަން ސައީދުގެ މައްސަލަ ބަލާ ނިމެންދެން އޭނާ ސަސްޕެންޑު ކުރަން މި މަހުގެ 12 ވަނަ ދުވަހު ވަނީ ނިންމައިފައެވެ. މީގެކުރިން އެހެން މައްސަލައެއްގައި ވެސް ހަސަން ސައީދު ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް އެ މައްސަލަ ބެލުމަށްފަހު އެއްވެސް ފިޔަވަޅެއް އޭނައާ މެދު އެޅި ކަމެއް ޖޭއެސްސީން މީގެ ކުރިން ހާމަކޮށްފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ