ސިނަމާލެ ބްރިޖް 77 މިލިއަން ޑޮލަރަށް އަޅައިދޭން އިންޑިއާގެ ޖީއެމްއާރު ކުންފުނިން ކޮޓޭޝަން ހުށަހެޅި ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސިނަމާލެ ބްރިޖް 77 މިލިއަނަށް އަޅައިދޭން ޖީއެމްއާރް ކުންފުނިން ކޮޓޭޝަން ހުށަހެޅި ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ޗައިނާގެ ކުންފުންޏާ ހަވާލު ކުރުމުން މިއަދު 300 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށެވެ.
ސިނަމާލެ ބްރިޖްގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ސީސީސީ ކުންފުނިންނެވެ. 
ނަޝީދު ވިދާޅުވީ، ހަރަދުތައް ކުޑަކޮށްގެން ނަމަވެސް އެދަރަނި ދައްކަންޖެހޭ ކަމަށެވެ. ދަރަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ޗައިނާގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ބަޖެޓްގެ 15 ޕަސެންޓް ޗައިނާގެ ލޯންތައް ދައްކަން ކަނޑައަޅަންޖެހޭ ކަމަށެވެ.
ބޮޑުވެފައިވަނީ ދައްކަން ޖެހޭ ލޯންގެ އިންޓަރެސްޓް އެކަނި ނޫން ކަމަށާއި އެމީހުން ކޮށްދީފައިވާ މަސައްކަތްތަކުގެ އަގުވެސް ބޮޑު ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޗައިނާއިން އެ މަސައްކަތްތަކުގެ ބިލްތައް ފޮނުވީ ބޮޑުކޮށް ޖަހާފައި ކަމަށާއި އެހެންކަމުން މިހާރު މި ސަރުކާރުން އެ މަސައްކަތްތަކަށްވާ އަގާއިއެކު އިންޓަރެސްޓްވެސް ދައްކަންޖެހޭ ކަމަށެވެ.
    
    77 މިލިއަން ޑޮލަރަށް ބްރިޖް އަޅައިދޭން ޖީއެމްއާރުން ހުށަހެޅި: ނަޝީދު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            