24 އަހަރު ފަހުން ތުރުކީ ވޯލްޑް ކަޕަށް

24 އަހަރުން ފަހުން ތުރުކީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިފި އެވެ.
ޔޫރަޕުގެ އެންމެ ފަހު ހަތަރު ޖާގަ ލިބޭނެ ގައުމުތައް ކަށަވަރު ކުރަން ކުޅުނު ޕްލޭއޯފްގައި އިޓަލީ ކުރި ހޯދީ ކޮސޯވޯގެ މައްޗަށް 1-0އިންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ 53 ވަނަ މިނިޓްގައި ފެނަބާޗޭގެ ކަރީމް އަޓާކިގްލޫ އެވެ. މިއީ 2002 ވަނަ އަހަރުގެ މުބާރާތުގެ ހަތަރު ވަނަ ހޯދި ފަހުން ތުރުކީ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތަށް ހޮވުނު ފުރަތަމަ ފަހަރެވެ.
އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ މުބާރާތުގައި ތުރުކީ ކުޅޭނީ އޮސްޓްރޭލިޔާ އާއި އެމެރިކާ އާއި ޕެރަގުއޭއާއެކު ގްރޫޕް ސީގަ އެވެ.
މި ފަހަރުގެ ކޮލިފައިންގައި ތުރުކީ އަކީ މޮޅަށް ކުޅެ ރަނގަޅު ނަތީޖާތަކެއް ހޯދި ގައުމެކެވެ. ކޮލިފައިންގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކުރި ނަމަވެސް ތުރުކީ އަށް އޮޓެމެޓިކުން ޖާގަ ނުލިބުނީ ސްޕޭނަށް ވުރެ ތިން ޕޮއިންޓް މަދުވެ ގްރޫޕުގެ ދެ ވަނަ އަށް ދިއުމުންނެވެ.
މި ނަތީޖާ އަކީ ކޮސޯވޯއިން ވޯލްޑް ކަޕުގައި ކުޅެން ކުރަމުން އަންނަ އުއްމީދު އަނެއްކާ ވެސް ފަހަތަށް ސޮއްސާލި ނަތީޖާއެކެވެ. ސާބިއާ އަތުން 2008 ވަނަ އަހަރު މިނިވަންވި ގައުމު މި ފަހަރުގެ ކޮލިފައިންގައި ޕްލޭއޯފް ކުޅެން ޖެހުނީ ސްވިޒަލޭންޑް ހިމެނުނު ގްރޫޕުގެ ދެ ވަނަ އަށް ދިއުމުންނެވެ.
ޔޫރަޕުގެ ޕްލޭއޯފް ހަތަރު މެޗުގެ ކާމިޔާބު ކޮށްގެން މުބާރާތް ކޮލިފައިވި އަނެއް ތިން ގައުމަކީ ސްވިޑްން އާއި ޗެކް ރިޕަބްލިކާއި ބޮސްނިއާ އެވެ. ސްވިޑްން ކޮލިފައިވީ ޕޮލެންޑް 3-2އިން ބަލިކޮށްގެންނެވެ. މިއާއެކު ބާސެލޯނާގެ މަޝްހޫރު ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ މުބާރާތުން ނުފެންނާނެ އެވެ. ތުރުކީ ޖާގަ ހޯދީ ޑެންމާކް 3-1އިން ބަލިކޮށްގެންނެވެ. އަދި ބޮސްނިއާ ކޮލިފައިވީ މަޝްހޫރު އިޓަލީ ޕެނަލްޓީ ޖަހައިގެން 4-1އިން ކަޓުވާލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ