ގެއެއް ފާސްކުރިއިރު ވަގަށް ނަގާފައިވާ ސައިކަލްތަކެއްގެ ބައިތައް

އައްޑޫ ސިޓީގެ ހިތަދޫ ގޯއްޗެއްގެ ތެރެއިން ދެ ގޯނި ފުރާ ސައިކަލުގެ ބައިތަކެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ ރޭ ދިހައެއް ޖަހާ ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެއްޗެއް ވަގަށް ނަގާފައިވާ ބެލެވޭ ކަމަށް ޝައްކުވުމާ ގުޅިގެން އެ ގެ ބަލާ ފާސް ކޮށްފައިވާ ކަަމަށެވެ.
ފުލުހުން ބުނީ އެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި ފެނުނު ދެ ގޯނި ފުރާ ސައިކަލު ބައިތަކަކީ ވަގަށް ނަގާފައިވާ ސައިކަލެއްގެ ބައިތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައެއް ނުވެއެެވެ. ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ