ސްކޫލް ކުދިންނަށް ހިލޭ ދަތުރުކުރެވޭ ގޮތް ހަދައިފި

މާދަމާއިން ފެށިގެން ސްކޫލް ކުދިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަދި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ބަހުގައި އަދި ފެރީގައި ދަތުރުކުރެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ.
ރީޖަނަލް ޓްރާންސްޕޯޓް ޑިޕާޓްމެންޓުން ނެރުނު އިއުލާނުގައި ބުނީ، އެ ކުންފުނިން ދެމުންދާ އާންމު ފެރީ ދޯނިތަކާއި ބަހުގެ ހިދުމަތްތައް، ސްކޫލް ރަސްމީ ޔުނިފޯމާއި އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާ ޔނިފޯމްގައި ތިބޭ ދަރިވަރުންނަށް ހިލޭ ލިބޭނެ ކަމަށެވެ. އަދި އައިޑީ ކާޑް ދެއްކުމުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން 2 އަހަރު ނުވާ ކުޑަ ކުދިންނަށްވެސް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ޑިޕާޓްމެންޓުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ