ޕަބްޖީ ކުޅުންތެރިންނަށް އުރީދޫގެ ޚާއްސަ ހަދިޔާ: ޕަބްޖީ އަންލިމިޓެޑް ޕެކޭޖެއް

އުރީދޫ
މޯލްޑިވްސް އަކީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށް،
ތަފާތު އެތައް ޕެކޭޖުތަކާއި ޕްރޮމޯޝަންތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. މިގޮތުން،
އުރީދޫ އިން ވަނީ މޮބައިލް ގޭމް ކުޅުންތެރިންގެ ބޭނުންތަކަށް ވިސްނައި، ރާއްޖެއާއި
ރާއްޖޭން ބޭރުގައިވެސް މަޤްބޫލުކަން ހޯދާފައިވާ ޕަބްޖީ ކުޅުމަށް ޚާއްސަ ޑޭޓާ
ޕެކްތަކެއް ތައާރަފްކޮށްފައެވެ.
މީގެތެރޭގައި،
ޕަބްޖީ ކުޅުންތެރިންނަށް އެންމެ އުފާވެރި ޚަބަރަކަށް ވެގެންދާނީ، އެންމެ 250ރފ.
އަށް ލިބިގެންދާ ޕަބްޖީ އަންލިމިޓެޑް ޕެކްއެވެ.
“ޕަބްޖީ
އަކީ ރާއްޖޭގައި އެންމެ މަޤުބޫލުކަން ހޯދާފައިވާ އެއް ގޭމު. އަދި މި ގޭމު ކުޅުމުގައި،
އާއިލާ އާއި ރައްޓެހިންނާއި އެކު ގިނަ އަދަދެއްގެ ވަގުތު ކަސްޓަމަރުން
ހޭދަކުރަމުންދޭ. އުރީދޫގެ 4ޖީ+ ނެޓްވަރކް ބޭނުންކުރައްވާ ކަސްޓަމަރުންނަށް، ޑޭޓާ
ބޭނުންކުރާގޮތް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ޕަބްޖީ ޕެކްތަށް އެހީތެރިވެ،
އެކުވެރިންނާއި އެކު ބޭނުން ވަގުތަކު ޕަބްޖީ ކުޅުމަށް ފަސޭހަކޮށްލަދޭ.”
އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
ޕަބްޖީ
މޮބައިލް ކުރުމަށް ޚާއްސަ ޑޭޓާ އެލަވަންސްތަކާއި އެކު، އުރީދޫ އިން މިއަދު ވަނީ
ތިން ޑޭޓާ ޕެކޭޖެއް ތައާރަފްކޮށްފައެވެ:
ކީވޯޑް
މުއްދަތު
ހިލޭ ޖީބީ
އަގު (ރފ.)
ޕެކް
PUBG50
7 ދުވަސް
1 ޖީބީ
50.00
ޕަބްޖީ50
PUBG100
30 ދުވަސް
2 ޖީބީ
100.00
ޕަބްޖީ100
PUBGUnlimited
30 ދުވަސް
އަންލިމިޓެޑް
250.00
ޕަބްޖީ އަންލިމިޓެޑް
ޕަބްޖީ
ޕްލޭންތައް ޚިޔާރުކުރުމަށް، މައި އުރީދޫ އެޕް މެދުވެރިކޮށް، ނުވަތަ 5555 އަށް ޕެކޭޖުގެ
ކީވޯޑު އެސް.އެމް.އެސް ކުރައްވާށެވެ. ހަމައެހެންމެ، *929*5*1#  އަށް ގުޅާލުމުންވެސް، ފަސޭހަކަމާއި އެކު މި ޚިދުމަތް
ޚިޔާރުކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ