ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެން ޔަހޫދީ ކޯޓުން ނެރުނު އަމުރުތައް ބާޠިލުކުރަން އީޔޫއިން ގޮވާލައިފި

ހައްދުފަހަނައަލާފައިވާ ޔަހޫދީން ވަޒަންވެރިކުރުވުމަށްޓަކައި ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެން ޔަހޫދީ ކޯޓުން ނެރުނު އަމުރުތައް މިހާރުން މިހާރަށް ބާޠިލުކުރަން އީޔޫއިން އިޒްރޭލަށް ގޮވާލައިފިއެވެ. 
އީޔޫ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހާއި 23 ވަނަ ދުވަހު ޔަހޫދީ ކޯޓުން ނެރުނު އަމުރުތަކުގައިވާ ފަލަސްޠީނުގެ ޢާއިލާތަކަށް އީޔޫގެ މަންދޫބުން ޒިޔާރަތްކޮށް ކަންކަން ބަލާފައިވާ ކަމަށެވެ. 
މީގެ އިތުރުން އީޔޫއިން ބުނެފައިވަނީ މީގެ ކުރިންވެސް ފަލަސްޠީނުގެ ރައްޔިތުންް އެމީހުންގެ ގެދޮރުން ނެރެމުން އަންނަނީ އެއްވެސް އިންޞާފަކުން ނޫންކަމަށާއި އެކަން މިހާރު ވަރަށްބޮޑަށް އިތުރުކޮށްފައިވުމުން އީޔޫއިން ކަންބޮޑުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ