"އިންޑިއާ އައުޓް" ހުއްޓުވަން މާރިޔާ އާއި ޝަމާލް ސުޕްރީމް ކޯޓަށް!

ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ސޯޝަލް މީޑިއާގައި އާއި އެހެނިހެން ގޮތްގޮތަށްވެސް އެކި ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުންތައް ކޮންމެވެސް ގޮތަކަށް ހުއްޓުވައި ދިނުމަށް ދިފާއީ ވަޒީރު މާރިޔާ ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކަކާއި ބައްދަލު ކުރައްވައި އެދިވަޑައިގެންފިއެވެ.ނަން ހާމަ ނުކުރަން ޝަރުތުކޮށް ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅަކު "ދިޔަރެސް" އަށް މައުލޫމާތު ދިން ގޮތުގައި މާރިޔާ ދީދީ އާއި ޝަމާލް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކަކާއި ބައްދަލު ކުރެއްވީ ސުޕްރީމް ކޯޓާއި އެ ބޭފުޅުންގެ ސެކިއުރިޓީއާއި ގުޅޭ ކަންތައްތަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ބައްދަލުވުމުގައި މާރިޔާ އެދިލެއްވީ "އިންޑިއާ އައުޓް" ކެމްޕެއިން ސުޕްރީމް ކޯޓު މެދުވެރިކޮށް ކޮންމެވެސް ގޮތަކަށް ހުއްޓުވައި ދިނުމަށެވެ.މިކަމަށް ފަނޑިޔާރުންގެ ފަރާތުން އެއްވެސް އިޖާބައެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މިފަދަ ބައްދަލުވުމެއްގެ ހަވާސާގެ ބޭރުން ޑިފެންސް މިނިސްޓްރީއިން އަދުލް އިންސާފް ޤާއިމްކުމުގެ ނިޒާމްގެ ބޭރުން މިފަދަ ކަމަކަށް ޒިންމާދާރުކަން ކުޑަގޮތެއްގައި އެދިލެއްވުމުން ބައްދަލުވުމުގައި ބައިވެރިވި ފަނޑިޔާރުން އެކަމާ ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެވިކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އާއި ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ. ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާއިރު އިންޑިއާ ސިފައިން ބޭލުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. މިގޮތުން "އިންޑިއާ އައުޓް" ހޭޝްޓެގް ބޭނުންކޮށް ކޮންމެ ދުވަހަކުވެސް އެތައް ހާސް ޓުވީޓު އެކި ފަރާތްތަކުން ކުރާތާ ގާތްގަނޑަކަށް 2 މަސް ވެއްޖެއެވެ. މިވަގުތު ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓަކާއި ދެ ހެލިކޮޕްޓަރު އޮވެއެވެ. އަދި އެ 3 އުޅަނދާއި އެކުގައިވެސް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވެއެވެ. 
މިލިޔުން ކިޔާލުމުން
38 %
އުފާވި
0 %
ދެރަވި
63 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ