ކޯޓުން ޤާނޫނު ބާތިލްކުރުމުން މަސްތުވާތަކެތި ބޭނުންކުރުން އެއްދުވަހަށް ހުއްދަވެއްޖެ

އަޔަލޭންޑްގެ މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު އެގައުމުގެ ޤާނޫނު އަސާސީ އާއި ހިލާފުކަމަށް އިސްތިއުނާފު ކޯޓުން ނިންމުމާއި އެކު 100 އަށްވުރެ ގިނަ ބާވަތުގެ މަސްތުވާތަކެތި އަޔަލޭންޑްގައި އެއްދުވަހަށް ހުއްދަ ވެއްޖެ އެވެ.
އިސްތިއުނާފު ކޯޓުން މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު ބަތިލްކުރުމާއި ގުޅިގެން ޕާލަމެންޓުން ވަނީ ކުއްލި ޖަލްސާއެއް ބާއްވާ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ އެމަޖެންސީ ބިލެއް ފާސްކޮށްފަ އެވެ. ނަމަވެސް ސެނެޓުން އެޤާނޫނު ފާސްކުރަން ޖެހޭތީ އާއި އަދި ރައީސް ޤާނޫނު ތަސްދީގު ނުކުރައްވަނީސް އަމަލު ކުރަން ނުފެށޭނެތީ އިއްޔެ އަޔަލޭންޑްގައި އޮތީ މަސްތުވާތަކެތި ބޭނުންކުރުން ހުއްދަ ވެފައެވެ.
މަސްތުވާތަކެއްޗާއި ބެހޭ ކުއްލި ޤާނޫނު އަޔަލޭންޑްގެ ރައީސް ދަސްތީގު ކުރެއްވީ ރޭ މެންދަމުގެ ވަގުތެއްގައެވެ.
އިސްތިއުނާފު ކޯޓުން އުވާލި މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ މާއްދާގެ ސަބަބުން އެކްސްޓެސީ، ކެޓަމައިން ފަދަ ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތްތައް ހުއްދަ ވިއެވެ.
ނަމަވެސް ހެރޮއިން ފަދަ މަސްތުވާތަކެތި މަނާ ކޮށްފައި ވަނީ އެހެން ޤާނޫނެއްގެ ދަށުން ކަަމަށްވާތީ ބާރުގަދަ ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި ބޭނުންކުރުން ހުއްދަ ވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ