މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް 64 މީހަކު މުޒާހަރާތަކަށް ނުދިޔުމަށް ކޯޓުން ޝަރުތުކޮށްފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ކޯޓުން މިހާތަނަށް 64 މީހަކު، ވަކި މުއްދަތަކަށް މުޒާހަރާތަކުގައި ބައިވެރި ނުވުމަށް ޝަރުތުކޮށް ދޫކޮށްލާފއިވާ ކަމަށެވެ.
އަދި، މިފަދައިން ދޫކޮށްލެވިފައިވާ މީހުންގެ ތެރެއިން، ދެ މީހަކު އަނެއްކާވެސް މުޒާހަރާތަކަށް ދިއުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށަށް އަނެއްކާވެސް ގެނެވިފައިވާ ކަމަށެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި، އެ ދެ ފަރާތަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ އިބްރާހިމް ދީދީއާއި، އެމްޑީޕީ އަންހެނުންގެ ރޫހުގެ ނާއިބު ރައީސާ ޝާނީޒް ސައީދެވެ.
މީގެ އިތުރުން، މުޒާހަރާތަކުގެ ތެރެއިން ސިޔާސީ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުން ގެނެވި، އޭގެ ތެރެއިން ދެ މެމްބަރެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ނަވާޒް ވިދާޅުވިއެވެ.
މިހާތަނަށް 64 މީހުން މުޒާހަރާތަކަށް ނުދިޔުމަށް ކޯޓުން ޝަރުތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ