ގާނޫނާ ޚިލާފަށް ސިފައިން ހައްޔަރުކޮށްފައިވާ އަބްދުﷲ ގާޒީ މިނިވަންކުރުމަށް ނާއިބު ރައީސް ގޮވާލައްވައިފި

ހެރިއެޓް-ވޮޓް ޔުނިވަރސިޓީއާއި ކްލިކް ކޮލެޖް ގުޅިގެން ހިންގެވުމަށް ހަމަޖެހިފައިވާ ޑިގްރީ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމަށްފަހު ނައިބު ރައީސް ޑރ. ވަޙީދު ރޭ ވާހަކަފުޅުދައްކަވަނީ - ފޮޓޯ : ރައީސް އޮފީސްގާނޫނާ ޚިލާފަށް ސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ނާއިބު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.ނާއިބު ރައީސާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން މިއަދު ބުނީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަމަށާއި، މި ހައްޔަރަކީ ވަރަށް ގޯސް ފެށުމެއް ކަމަށެވެ.އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ވެސް އަމުރުކޮށްފައި ވާއިރު އެ އަމުރަށް ތަބާ ނުވުމުން ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައިވާ ކަމަށް އޭޕީން ނައިބު ރައީސާ ހަވާލާދީ ބުނެފައިވެއެވެ. އަދި ނާއިބު ރައީސް މި މޭރުމުން ވާހަކަ ދެއްކެވުމުން މި މައްސަލާގައި ސަރުކާރު ތެރޭ ހިޔާލު ތަފާތުވުންތައް އުޅޭ ކަމަށް ވެސް ބެލެވޭ ކަމަށް ވެސް އެނޫހުގައި ވެއެވެ.އޭޕީން މިފަދައިން ބުނެފައިވާ އިރު ނައިބު ރައީސް ވަނީ އުއްތަމަ ފަނޑިޔާރުގެ ގަދަރު ކަނޑުވާލުމަކީ އަދުލް އިންސާފުގެ ބިންގާ ފުނޑުފުނޑުކޮށްލުން ކަމަށް ވެސް ރޭ ވިދާޅުވެފައެވެ.“އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސްވެރިއަކީ ގާނޫނު އަސާސީން ވަރަށް ސާފުކޮށް ބުނަނީ އުއްތަމަ ފަނޑިޔާރު. އެހެންވެ ޖުޑީޝަރީއާ ބެހޭ މައްސަލަތަކުގައި އުއްތަމަ ފަނޑިޔާރު ނިންމަވާ ނިންމެވުން ތަކަށް އެހެން މީހުން ބޯލަނބަން ޖެހޭނެ. އުއްތަމަ ފަނޑިޔާރުގެ ގަދަރު ކަނޑުވާލުމަކީ އަދުލު އިންސާފުގެ ބިންގާ ފުނޑުފުނޑު ކޮށްލުން.” ކަމަށް ރޭ ނަސަންދުރާގައި  ކްލިކް ކޮލެޖާއި ސްކޮޓްލެންޑުގެ ހެރިއޮޓް ވޮޓް ޔުނިވާސިޓީގެ ޑިގްރީ ޕްރޮގްރާމް ރާއްޖޭގައި އިފްތިތާހު ކޮށްދެއްވަމުން ނައިބް ރައީސް ވިދާޅުވިއެވެ.ނައިބް ރައީސް ރޭ ވިދާޅުވީ ޖުޑީޝަރީއާ ބެހޭ ކަންކަމުގައި އުއްތަމަ ފަނޑިޔާރުގެ ނިންމުންތަކަށް ބޯލަނބަންޖެހޭނެ ކަމަށާއި ރާއްޖޭގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ އެއްބާރު އަނެއްބާރުގެ މައްޗަށް އިހްތިރާމް ކުރުން މުހިންމު ކަމަށެވެ.ސަރުކާރާ ދެކޮޅަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ދައްކާފައިވާ ކަމަށް ބުނާ މައްސަލަ ބެލުމަށް ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް އެންގުމާ ގުޅިގެން ސަންދާން އަހައްމައިދީ އާއި ޑރ ޖަމީލް އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރު ކުރުމާ ގުޅިގެން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން ސަންދާން އަހައްމައިދީ ވިދާޅުވީ މިހާރު  ރާއްޖޭގައި މިހާރު ގާނޫނު އަސީސީއެއް ނެތް ކަމަށާއި ގާނޫނު އަސާސީ އުވިގެން ގޮސްފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއަދުގެ ސަރުކާރުން ގާނޫނުތަކަށް ބޯ ނުލަނބާކަމަށާއި ކޯޓު ތަކުގެ ހުރުމަތްވެސް ކަނޑާލައިފައިވާ ކަމަށެވެ.އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގެ ޚަބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ