މަޖިލިސް ބޮއިކޮޓްކޮށް ހުރެ މުސާރަ ނެގުމަކީ އަޅުގަނޑުގެ ކުށެއް- މެމްބަރު ނިޒާރު
މަޖިލިސް ބޮއިކޮޓް ކޮށް، މުސާރައާއި އެލަވަންސް ނެގުމަކީ ކުށެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު އިއުތިރާފްވެއްޖެއެވެ.އެމްޑީޕީގެ ސަރުކާރުން އައްޑޫސިޓީގައި 1.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޖަހާފައިވާ ދިދަ ދަނޑިއެއް ނެގުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތް ފެށި ސަރަހައްދަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ގޮސް އެ ސަރަހައްދުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކާ ސުވާލު ކުރަމުން އޭނާ ވަނީ މަސައްކަތް ކުރާނަމަ އެކަން މީޑިއާ މެދުވެރިކޮށް، އައްޑޫ ރައްޔިތުންނަށް އަންގަން ޖެހޭނެ ކަން ހާމަކޮށްފައެވެ. ނިޒާރުގެ އެވާހަކަތަކާ ގުޅިގެން މަސައްކަތް ކުރަމުންދިޔަ ފަރާތުން ވަނީ ނިޒާރުއާ ވެސް ސުވާލުކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުން ހިތަދޫގައި ސާކް ސަމިތް ބޭއްވި އިރު ރައްޔިތުންގެ މުދާތައް ނަގަމުން ދިޔައިރު މީޑިއާތައް މެދުވެރިކޮށް ނޭނގީ ކީއްވެތޯ ސުވާލު ކޮށްފައެވެ. އޭގެ ފަހުން ނިޒާރު ވަނީ ސަރުކާރުން އައްޑޫއަށް ގެނައި ތަރައްގީއަކީ ކޮބައިތޯ ވެސް ސުވާކުރައްވާފައެވެ. އެސުވާލުގެ ޖަވާބުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށް މުސާރައާއި އިނާޔަތް ނަގައިގެން ގޭގައި އޮންނަ މީހަކަށް ގެންނަމުންދާ ތަރައްގީ ނުފެނި ހުރެދާނެ ކަމަށް އޭނާ ބުނުމުން، ނިޒާރު ވަނީ އޭނާ ޖަލްސާ ބޮއިކޮށްޓްކޮށް މުސާރައާއި އެލަވަންސް ނަގައިގެން ގޭގައި އޮތުމަކީ އެއީ އޭނާ ކުރި ކުށެއްކަމަށް ވިދާޅުވެ، އެކަމަށް އެއްބަސްވެފައެވެ. މީގެއިތުރުން އެމްޑީޕީއިން ބޮޑު ޚަރަދުކޮށްގެން ޖަހާފައިވާ ދިދަ ދަނޑި ނަގަނީ " ސިހުރެއް ހުރީމާ ތޯ" ނިޒާރު ވަނީ ސުވާލު ކުރައްވާފައެވެ. ނިޒާރު އަމިއްލައަށް ކަންކަން އިއުތިރާފްވެފައިވާއިރު، ނިޒާރު ވަނީ މިސްކިތު ހުޅުޖެހިމީހާއަށް ވެފައެވެ. ކަން މިހެން އޮތް އިރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އެ މަސައްކަތް ކުރާ ސަރަހައްދަށް ގޮސް، އެ މަސައްކަތްތަކާއި މެދު ސުވާލު ކުރުމުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އައްޑޫގެ ރައްޔިތެއް ވަނީ މަސައްކަތްތާއި ގުޅުން ހުރި މަޢުލޫމާތު އެނގިލައްވާނީ މަޖިލީހުގެ ޖަލްސާތަކައް ހާޒިރުވީމާ ކަން ހާމަކޮށްފައެވެ. އައްޑޫ ދެކުނު ދާއިރާ މެމްބަރު ނިޒާރު ފަަދަ ރައްޔިތުން މަޖިލީހުގެ މެމްބަރު މަޖިލީހުގެ ޖަލްސާތަކައް ނުގޮސް އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ރަނގަޅައް އަދާ ނުކުރާއިރު، އެ ފަރާތްތަކުން ބާރާބަރަށް މަޖިލީހުގެ އިނާޔާތްތަކާއި އެލަވަންސް ނަގަމުންދެއެވެ. ނަމަވެސް އެ ފަރާތްތަކުން ތަމްސީލް ކުރަމުން ދާ ދާއިރާތަކަށް ބޭނުންވާކަންކަން މަޖިލިސް މެދުވެރިކޮށް ކުރުމަށް އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވާއިރު، މަޖިލިސް މެމްބަރުންގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާތައް އެއްވެސް ވަރަކަށް އަދައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ