ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް އަބްދުލް ގައްޔޫމް އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހާކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
އެ ޕާޓިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މައުމޫނަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް، ޕީޕީއެމްގެ ރައީސްގެ ގޮތުގައި ޕާޓީގެ ކޮންގްރެސް އަގުލަބިއްޔަތުން އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަަމަށެވެ.
"އެހެންކަމުން މި ޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް، މި ޕާޓީ ދޫކުރައްވާ، އެހެން އެއްވެސް ޕާޓީއަކާ ނުވަތަ އެހެން ޕާޓީއެއްގެ އެއްވެސް މަގާމަކަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާކަމުގެ ޔަގީންކަން މިޕާޓީގެ ލޮބުވެތި ހުރިހާ މެމްބަރުންނަށް އަރުވަން،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
ޕީޕީއެމް އިން ބުނީ އެ ޕާޓީއަކީ ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ޕާޓީއަކަށްވުން އެއީ އެ ޕާޓީގެ ބަދަހިކަން އިތުރުވެގެންދާ ކަމެއް ކަމަށެވެ.
ކުރީގެ ރައިސް މައުމޫން އެހެން ޕާޓީއަކަށް ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމް އިން ދޮގުކޮށްފައިވާއިރު ޑީއާރްޕީގެ ފަސްވަނަ ގައުމީ ކޮންގްރެސް އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ނިންމާ އެ ޖަލްސާގައި ރާއްޖޭގެ ކުރީގެ ރައީސް އަދި ޑީއާރްޕީގެ ބާނީ މައުމޫން އަބްދުލް ގައްޔޫމަށް ޑީއާރްޕީގެ ޒައީމްގެ ލަގަބު އަރުވާނެ ކަމަށް އެޕާޓީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ޑީއާރްޕީން މީގެ ކުރިން ރައީސް މައުމޫނަށް އަރުވާފައިވާ ޒައީމްގެ ލަގަބް އެޕާޓީން އަތުލެއްވި ނަމަވެސް އެންމެ ފަހުން ބޭއްވި ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމުގައި މައުމޫނަށް އަލުން އެ ޝަރަފު އެރުވުމަށް ނިންމަފާއިވާ ކަަމަށެވެ.
މައުމޫން އެހެން ޕާޓީއަކަށް ގުޅިވަޑައިގަންނަވަން އުޅުއްވާ ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ