ފަހަތުން އަރާ 3 ގޯލު ޖަހާ ޗެލްސީ އިން ނަތީޖާ އެއްވަރު ކޮށްފި

ފަހަތުން އަރާ 3 ގޯލު ޖަހާ ޗެލްސީ އިން ނަތީޖާ އެއްވަރު ކޮށްފިްއެވެ.
ވެސްޓް ބްރޮމް އާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޓެމީ އަބްރަހަމް ކާމިޔާބު ކޮށްދިން ގޯލާއެކު ފަހަތުން އަރާ 3-3 ކުން ނަތީޖާ އެއްވަރުކޮށް ޗެލްސީއިން ވަނީ ޕޮއިންޓެއް ހޯދައިފައެވެ.
މެޗުގެ ފުރަތަމަ 30 މިނެޓުގައި ވެސްޓް ބްރޮމް އިން ވަނީ ތިން ގޯލު ޖަހައި ޗެލްސީ ސިއްސުވައިލައިފައެވެ.
ޗެލްސީގެ ޑިފެންޑަރު މާކަސް އެލޮންސޯ އަށް ހެދުނު ގޯހަކުން މެޗުގެ ފުރަތަމަ ގޯލު ވެސްޓް ބްރޮމް އަށް ކާމިޔާބު ކޮށްދިނީ ކެލަމް ރޮބިންސަން އެވެ. ޕެރެއިރާ ދިން ބޯޅަ ރޮބިންސަން ގޯލަށް ފޮނުވާލާ މެޗުގެ 4 ވަނަ މިނެޓުގައި ވެސްޓް ބްރޮމް އިން ލީޑު ނެގިއެވެ.
ޕްރެމިއާ ލީގުގައި އަލަށް ކުޅުނު ޗެލްސީގެ ކެޕްޓަން ތިއާގޯ ސިލްވާ އަށް ހެދުނު ގޯހަކުން މެޗުގެ ދެވަނަ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ރޮބިންސަންއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ލިބުނު ކޯނަރަކު މާކު ނުކޮށް ދޫކޮށްލައިފާ ހުއްޓައި ވެސްޓް ބްރޮމްގެ ތިންވަނަ ގޯލު ޖަހައިދިނީ ކައިލް ބާޓްލީ އެވެ.
Articl Inline Image
ދެވަނަ ހާފު ފަށައިގެން ކުރި މަސައްކަތުން ލަމްޕާޑުގެ ޗެލްސީ އިން ވަނީ 55 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްފައެވެ. ވިއްސަކަށް ޔާޑު ދުރުން މި ގޯލު ޖަހައިދިނީ މޭސަން މައުންޓް އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަޑްސަން އޮޑޯއީ ޗެލްސީގެ ދެވަނަ ގޯލު 70 ވަނަ މިނެޓުގައި ޖަހައިދިނެވެ. އަދި މައުންޓު ޖެހި ޝޮޓު ކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ޗެލްސީ އަށް 93 ވަނަ މިނެޓުގައި ނަތީޖާ ހަމަ ހަމަ ކޮށްދިނީ ޓެމީ އަބްރަހަމް އެވެ.
މިއީ ޗެލްސީ މި ސީޒަނުގައި ޑްރޯ ވި ފުރަތަމަ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ