ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްޗަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން ކުރިން ތަހުގީގު ހިންގި ޕޮލިސް އޮފިސަރު ބަދަލުކޮށް، އެހެން އިންވެސްޓިގޭޝަން އޮފިސަރަކާއެކު އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް އަމީތު ޕޮލިސް އޮފީހަށް ހާޒިރުވުމަށް އިތުރު ޗިޓެއް ހަވާލުކޮށްފި އެވެ.
އަމީތު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ތަހުގީގު ކުރައްވަނީ އެހެން ބޭފުޅެއް ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލަކާއެކު ފުލުސް އޮފީހަށް ހާޒިރުވުމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ.
މީގެއިތުރުން އަމީތު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އޭނާ ދައްކާ ވާހަކަ ފަހުމުވެ، މި ތަހުގީގު ފުރިހަމަކޮށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
Mirey thahugeegu kuravvan innavaanee ehen beyfulheh kamah vidhaalhuve, lawyer akaa ekee haaziru vumah angaa, aa chit eh anekkaaves havaalu kuravvaifi.
Mirey alhugadu dhakkaa vaahaka fahumve, mi thahugee furihama kohdhevvaane kamah ummeedhu kuran.
20th March 2018, 21:30. pic.twitter.com/hcfEgWmOGA
ހޯމަ ދުވަހުގެރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު އަމީތު ދެއްކެވި ވާހަކަ ފަހުމު ނުވާ ކަމަށް ވިދާޅުވެ، ފުލުހުން އަންގާފައި ވަނީ އަންގާރަ ދުވަހު މެންދުރު ފަހު 15:30 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ. އަންގާރަ ދުވަހުގެ 13:30 އަށް ހާޒިރުވުމަށް އެންގެވުމަށް ފަހު އަނެއްކާ ވަނީ އަންގާރަ ދުވަހުގެ ރޭ 21:30 ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފަ އެވެ.
އަމީތުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވިކަމަށް ބުނާ މައްސަލައިގެ ތަހުގީގެކެވެ.
ހަމަ މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ވެސް ހާޒިރުވުމަށް ވަނީ އަންގަވާފަ އެވެ. އަންގާރަ ދުވަހުގެ 13:30 އަށް އިންތި ފުލުސް އޮފީހަށް ހާޒިރުވުމުން އޭނާއަށް މިހާރު އަންގާފައި ވަނީ ގާނޫނީ ވަކީލަކާއެކު ބުދަ ދުވަހުގެ ރޭ 20:30 އަށް ހާޒިރު ވުމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރު އަމީތުގެ މައްސަލަ ބަލާ ޕޮލިސް އޮފިސަރ ބަދަލުކޮށް، މިރޭ 21:30 އަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ