ގައުމުގެ މިއަދުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ބަވަނަ ވެފައިވާ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އަޅާކިޔާ ހިނދު އަޅުގަނޑުމެން މިތިބީ އަދިވެސް އެތައް ތަނެއް ފަހަތުގައި ކަމަށެވެ.
ޝައިހް އިމްރާން އިތުރަށް ވިދާޅުވީ މިހާލަތު ބަދަލުކޮށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ ފައިހަމަ ކުރުމަށްޓަކައި މާޒީގެ އަނދިރިކަމުގެ ތެރެއިން ނިކުންނަން އެބަޖެހޭ ކަމަށެވެ.
ޝައިހް އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު އެއްްވުމުގައި ހިނގާދިޔަ ބޮޑެތި ހަމަނުޖެހުންތަކާއި ގުޅިގެންނާއި އެ މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް އިމްރާން ދެއްކެވި ކަމަށް ބުނާ ވާހަކަތަކަކާއި ގުޅިގެންނެވެ. އެދުވަހު ހިނގާ ދިޔަ ހަމަނުޖެހުންތަކުގެ ޒިންމާ އިމްރާންއާއި އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމަށް ކަނޑައަޅައި އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ މިހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ. ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށްވެސް ވަނީ ހުށައަޅާފަ އެވެ. ނަމަވެސް އެ ގުރޫޕުން އިމްރާންގެ މައްސަލާގައި އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.
ގައުމުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން ނިކުންނަން ޖެހޭ: ޝައިހް އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ