ސިޔާސީ މަގުސަދުގައި ހައްޔަރު ކޮށްފައިވާ ނުވަ ބޭފުޅަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރަން ގޮވާލައި، ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން މުޒާހަރާ ކުރަން ފަށާފިއެވެ.
ސިޔާސީ ހައްޔަރީންނާއި ކުއްލި ނުރައްކަލުގެ ހާލަތުގެ އާންމު ރައްޔިތުން އަޑުއުފުލާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުން މިނިވަންކުރުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކާއެކު މުޒާހަރާ ފެށީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ކުރިމަތީގައި މިއަދު ހެނދުނު 10:30 ހާއިރު އެވެ. ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދިނުމަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއި އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ހައްޔަރުކުރުމަށް އެއްވުމުގައި ދަނީ ގޮވާލަމުންނެވެ.
މުޒާހަރާ އިންތިޒާމް ކުރުމަށް އިސްކޮށް ހަރަކާތެރިވާ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގް ވިދާޅުވީ މި މުޒާހަރާއާކީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާއި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި ބައިވެރިވުމުގެ ގޮތުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާއެއް ކަމަށެވެ. މި މުޒާހަރާއަށް ދިވެހި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހެސެއިން ޝަރީފް ( މުންދު) ވެސް ތާއިދުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ތޯރިޤް ވިދާޅުވިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކުރަން ގޮވާލައި ދިވެހިން ލަންކާގައި މުޒާހަރާކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ