ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް- ޑރ. ޚަލީލް

ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ވެރިކަންކުރާ ޕާޓީ ޕީޕީއެމް އިން ދޮގުކޮށްފި އެވެ.ސުޕްރީމް ކޯޓްގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް ގެންނަށް އުޅޭކަމަށްބުނެ، އިދިކޮޅު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަންފަށާފައިވަނީ ސުޕްރީމް ކޯޓުގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ. ހަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތައް ދައްކާ ފިތުނަފަސާދަ އުފައްދަން މަސައްކަތް ފަށާފައިވަނީ، ހަތަރު އުދަރެސް ފެނުޖެހި ގޮތް ހުސްވުމުން ކަމަށެވެ. ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ސަރުކާރުން ނިންމާ އެކަމުގެ މަޝްވަރާތައް ވެސް ވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ކުރައްވާފައިވާކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް މަޝްވަރާއެއް ކުރައްވާފައިނުވާކަމަށް ޕީޕީއެމްއިން ވަނީ ބުނެފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސުޕްރީމް ކޯޓަށް އަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެކޯޓުގެ ފަނޑިޔާރަކަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަލްއުސްތާޛާ އާޒިމާ ޝުކޫރު އައްޔަން ކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދު މަގާމުން ދުރުކުރަން ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތަކެއް ފަތުރަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަތަކަށް ނުފޫޒު ފޯރުވަން ކަމަށް އަބްދުﷲ ހަލީލް ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ގޮނޑި ގެއްލުނު މައްސަލައެއް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ