ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވަލާން އުޅުނު މީހުންގެތެރެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
މަޖީދީމަގާއި ޗާންދަނީ މަގު ގުޅުނު ކަންމައްޗަށް އެއްވި މީހުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވަނީ މިފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒްކުރުމަށް ގޮވަމުން ދަނިކޮށެވެ.
އެގޮތުން މިއަދު އެސަރަހައްދަށް އެއްވި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބައެއް ޒުވާނުންގެ ތެރެއިން ބަޔަކު ހައްޔަރު ކުރީ އެސަރަހައްދަށް އެއްވިތާ މާގިނަ އިރުތަކެއް ނުވެއެވެ. އެމީހުން ހައްޔަރުކުރުމުގެ ކުރިން, ފުލުހުން ވަނީ އަޑުއުފުލަމުން ދިޔަ ބައިވެރިން މަގުގެ އެއްފަރާތަކަށް ޖައްސާފައެވެ.
ހައްޔަރުކޮށްފައިވަނީ ފަސް މީހެކެވެ. އެމީހުން ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލުގައި ފުލުހުންގެ މައި އިދާރާއަށް ވަނީ ގެންގޮސްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއީލު ނަސީމާއި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ސަަފާތު ވެސް ހިމެނެއެވެ.
ޖަލު ހުކުމުގައި ތިބި އިދިކޮޅު ބައެއް ފަރާތްތައް މިނިވަން ކުރުމަށައި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން ނެރުނު އަމުރަށް މިހާރުވަނީ އެ އަމުރު ނެރުމުގައި ބައިވެރިވި ތިން ފަނޑިޔާރުންގެ އަމުރަކުން ބަދަލު ގެނެސްފައެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ އެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލާ އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ މުޒާހަރާގެ ތެރެއިން 5 މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ