ސުޕްރީމް ކޯޓުން ނެރުނު އަމުރު ކޯޓުގައި އެޕީލް ކުރާނެ- ސަރުކާރު

ސުޕްރީމް ކޯޓުން ނެރުނު އަމުރު، ކޯޓުގައި އެޕީލް ކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. ސަރުކާރުން މަޢުލޫމާތު ދޭ ގޮތުގައި، ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން، ސަރުކާރު ހުޅުވުމުން އެ މައްސަލަ ކޯޓުގައި އެޕީލް ކުރާނެއެވެ.އެގޮތުން ކޯޓުގައި އެޕީލް ކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ މަރުހަލާތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި ސަރުކާރުން އަބަދުވެސް އިސްކުރަނީ މަޝްވަރާ ކުރުން ކަމަށެވެ.ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބް އަނިލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގައި ހިމެނޭ ގިނަ ކަންތައްތަކަކީ ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ރައްދުވާ ކަންތައްތަކެއް ކަމަށާއި ނަމަވެސް އެކަމާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ސުޕްރީމް ކޯޓުން އަދި މިހާތަނަށް ހިއްސާ ކޮށްފައިނުވާ ކަމަށެވެ.އެގޮތުން ސުޕްރީމް ކޯޓުން ނެރުނު ކަމަށް ބުނާ އަމުރަކީ ސައްހަ އަމުރެއްތޯ ސަރުކާރުން ސަރުކާރުން ބަލަމުންދާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ