ފިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި!

ފުލުހުންގެ ވާޖިބު އަދާކުރަމުން ދަނިކޮށް، ފުލުހެއްގެ ގައިގާ އަތްލުމުގެ މައްސަލައާ ގުޅިގެން، ރާއްޖެ ޓީ.ވީގެ ޙުސައިން ފިޔާޒުގެ މައްޗަށް، ދައުލަތުން އުފުލާފައިވާ ދަޢުވާގައި، އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ފިޔާޒުގެ މައްޗަށް ދައުލަތުން ހުށަހެޅި އެ ދަޢުވާ ސާބިތުނުވީ، އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާތީ، ކުށް ސާބިތު ނުވާތީއެވެ. ފިޔާޒުގެ މައްޗަށް ކުރާ ދަޢުވާގައި ބުނެފައިވަނީ، މުލިއާގެ ކައިރިން ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުން ފިޔާޒު ނުގޮސް، ފުލުހެއްގެ މޭ މަތީގައި ޖަހާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ