ވޯލްޑްކަޕް ވޯލްޑްކަޕް ފުރަތަމަ ފަހަރަށް ސައުތު އެފްރިކާ ދެވަނަ ބުރަށް، މެކްސިކޯއަށް އެއްވަނަ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އޭގެ ފަހު މެޗުތައް ކުޅެ ނިމުނުއިރު، މެކްސިކޯ އާއި ސައުތު އެފްރިކާ މޮޅުވެ، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ގްރޫޕު އޭގެ ފަހު މެޗުތަކަށް ނުކުތް އިރު، ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައި އޮތީ ހަމައެކަނި މެކްސިކޯއަށެވެ. އަދި ދެން ހިމެނޭ ސައުތު ކޮރެއާ، ސައުތު އެފްރިކާ އަދި ޗެކް ރިޕަބްލިކަށް ވެސް ފުރުސަތު އޮތެވެ.
މެކްސިކޯ 3 – 0 ޗެކް ރިޕަބްލިކް: މި މެޗުގައި މެކްސިކޯއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ތިން ގޯލުގެ ތަފާތުން މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެންމެ ކުރި ހޯދައިފައެވެ. މެކްސިކޯއަށް ގޯލުތައް ކާމިޔާބުކޮށްދިނީ މަޓެއޯ ޗާވޭޒް، ހޫލިއަން ކިނިއޮނޭސް އަދި އަލްވާރޯ ފިޑަލްގޯއެވެ.
ސައުތު އެފްރިކާ 1 – 0 ދެކުނު ކޮރެއާ: ފޯރިގަދަކޮށް ދިޔަ މި މެޗުގައި ސައުތު އެފްރިކާއިން ވަނީ 1-0 އިން ސައުތު ކޮރެއާ ބަލިކޮށް، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ސައުތު އެފްރިކާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ތަޕެލޯ މަސޭކޯ އެވެ.
ގްރޫޕުގެ ހުރިހާ މެޗެއް ނިމުނު އިރު، މެކްސިކޯ އިން ހުރިހާ މެޗެއް ކާމިޔާބުކޮށް ނުވަ ޕޮއިންޓު ވަނީ ހޯދައިފައެވެ. ސައުތު ކޮރެއާ ކަޓުވާލި ސައުތު އެފްރިކާ އިން ހަތަރު ޕޮއިންޓު ހޯދި އިރު، ތިންވަނައިގައި ނިންމާލަން ޖެހުނު ސައުތު ކޮރެއާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ޗެކް ރިޕަބްލިކް ނިންމާލީ އެންމެ ޕޮއިންޓަކާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ