ބައެއް ކެންޑިޑޭޓުން ސޮއި ނުކުރިނަމަވެސް އިންތިޚާބު ބޭއްވޭނެ - ސުޕްރީމް ކޯޓު
އަންނަ ހޮނިހުރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓާސް ލިސްޓުތަކުގައި ބައެއް ކެންޑިޑޭޓުން ސޮއި ނުކުރިނަމަވެސް އިންތިޚާބު ބޭއްވޭނެ ކަމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ލާފާ ދީފިއެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ލަފާ ދީފައި ވަނީ ވޯޓާސް ލިސްޓުތަކުގައި، ބައެއް ކެންޑިޑޭޓުން ސޮއި ކޮށްފައިނުވާތީ، އިލެކްޝަންސް ކޮމިޝުން ސުޕްރީމް ކޯޓަށް މިދިޔަ އާދީއްތަ ދުވަހު ފޮނުވި ސިޓީއެއްގެ ޖަވާބުގައެވެ. ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ، ވޯޓާސް ލިސްޓުތަކުގައި ސޮއިނުކޮށް، ސޮއިކުރުމަށް ދިން ވަގުތު ފާއިތުކޮށްލުމަކީ ޤާނޫނީ ގޮތުން ހުއްދަ ކުރެވޭނެ ކަމެއް ކަމުގައި ނުބެލެވޭތީ، އެއުސޫލާއި އެއްގޮތަށް ކެންޑިޑޭޓުން ސޮއި ނުކުރުމަކީ އިންތިޚާބުގެ ކަންތަށް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭނެކަމެއް ނޫންކަމަށެވެ.
އަދި ޤާނޫނީ ހައިސިއްޔަތާއި، އިލެކްޝަނސް ކޮމިޝަންގެ ނިންމުންތަކުގެ ދުސްތޫރީ ސައްހަކަމަށް އަސަރު ކުރާނެކަމެއްކަމަށް ނުބެލެވޭކަމަށާއި، އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން ރައްޔިތުން މަޖިލީހުގެ އިންތިޚާބު ކުރިންވެސް ބާއްވަން ނިންމާފައިވާގޮތަށް މިމަހުގެ ބާވީސް ވަނަ ދުވަހު އޮންނާނެކަމށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ