މި މަހު އޮންނަ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިން ހޮވާ މަގާމުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު އެ ޕާޓީގެ މިހާރު ވެސް ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެކަނި ކުރިމަތިލައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު މޫސާ ރަމީޒު މިރޭ ސަން އަށް ވިދާޅުވީ އެ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިބްރާހީމް ގިނިކަންޏާ ކުރިމަތިލެއްވި ނަމަވެސް ހަތަރު ނާއިބު ލީޑަރުންގެ މަގާމަށް ނުވަ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.
އެ ބޭފުޅުންނަކީ، އެ ޕާޓީގެ މިހާރުގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ނައިބު ލީޑަރު އަމީން އިބްރާހީމާއި ޑރ. ހުސައިން ރަޝީދު ހަސަނާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ކައުންސިލް މެމްބަރު ފުއާދު ގާސިމާއި ތަރުޖަމާން މޫސާ ރަމީޒާއި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރާއި އަބްދުﷲ އަމާންގެ އިތުރުން އަލީ ހަމީދު ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އޮންނަނީ މި މަހު 16 – 17 އަށް މާލޭގަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ