އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފި

މިނިވަން 50 ގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ކުންފުނިތަކާއި މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކޮށްފި އެވެ.
މިނިވަން 50 ގެ ހަރަކާތްތައް ކުރިޔަށްގެންދިއުމަށް މަސައްކަތް ހަވާލު ކުރުމަށާއި ރޭވުމަށް އޮތީ އެކަމަށް ހާއްސަ ކޮމިޓީއެއް ނަގާފައި އެވެ.
ހޯމް މިނިސްޓްރީގައި ދެންމެ ބޭއްވި ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއްގައި މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މިނިވަން 50 ގެ ހަރަކާތާއި ގުޅޭ ކަންކަން އެކި ފަރާތްތަކާ ހަވާލު ކުރަން ޖެހެނީ އެ ކޮމެޓީން ކަމަށެވެ. އެހެން ނަމަވެސް، މިނިސްޓަރު ވިދާޅުވީ ބައެއް ކަންކަން ހަވާލުކޮށްފައި ވަނީ ސީދާ އޭރުގެ  މިނިސްޓަރު އުމަރުގެ އެންގެވުމުގެ މަތިން ކަމަށެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ